ހަނިމާދޫގެ މަސްވެރިންނަށް ލުއިފަސޭހަތަކެއް ހޯދައިދިނުމުގެ ގޮތުން، އެ ރަށުގެ ފުއްޓަރު ސަރަޙައްދުގައި ޚާއްޞަ ޓީ-ޖެޓީއެއް (މަސްވެރިކަމަށް ޚާއްޞަ ޖެޓީ) އެޅުމަށްޓަކައި ކުރަންޖެހޭ ސާރވޭއާއި ޑިޒައިން ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދައި، އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ޝެރެޓް ސްޓޫޑިއޯ އާއެވެ.

މި މަޝްރޫޢުގެ ޖުމްލަ އަގަކީ 216,000.00 (ދެލައްކަ ސޯޅަ ހާސް) ރުފިޔާއެވެ.
މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސެވެ.

މި މަޝްރޫޢުގެ ސާރވޭއާއި ޑިޒައިންގެ މަސައްކަތް ނިމުމުން، ޖެޓީގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ބީލަމަށް ހުޅުވާލުމުގެ ތައްޔާރީތައް ކައުންސިލުން ކުރިއަށްގެންދާނެއެވެ. މި ޓީ-ޖެޓީ ޤާއިމުކުރެވުމުން، ހަނިމާދޫ ގެ މަސްވެރިކަން އިތުރަށް ކުރިއަރާ އަދި ސޯޕްޓްސް މަސްވެރިކަން އިސްތިހާރުވެގެން ދާނެއެވެ.

