ހަނިމާދޫ ކައުންސިލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން.
އިޢުލާން
ހަނިމާދޫކައުންސިލުންކުރިޔަށްގެންދިޔުމަށްހަމަޖެހިފައިވާކޯސްތަކުގައިބައިވެރިވުމުގެފުރުސަތުހުޅުވާލުން.
މިކައުންސިލްގެ ފަރާތުން ކުރު މުއްދަތުގެ ކޯސްތަކެއް ކުރިޔަށް ގެންދިޔުމަށްވަނީ ނިންމާފައެވެ. މި ކޯސްތަކުގައި ކިޔަވައިވައިދެއްވާނީ ދާއިރާގައި ތަޖުރިބާކާރު ފަންނީ ބޭފުޅެކެވެ. އެހެންކަމުން، ތިރީގައި މިދަންނަވާ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން ހަނިމާދޫ ކައުންސިލުން ދޫކުރާ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު 24 ޖުލައި 2025 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހަނިމާދޫ ކައުންސިލަށް ހުށައެޅުން އެދެމެވެ.
#
ކޯހުގެނަން
ބައިވެރިންގެއަދަދު
1.
ޅެން ހަދަން ދަސްކޮށްދޭ ބޭސިކް ލެވަލް
ސްކޫލް ދަރިވަރުންނަށް ހާއްސަ 30 ޖާގަ
އާއްމު ފަރާތްތަކަށް 30 ޖާގަ
2.
ބަނދި ހަދަން ދަސްކޮށްދޭ ބޭސިކް ލެވަލް
ސްކޫލް ދަރިވަރުންނަށް ހާއްސަ 30 ޖާގަ
އާއްމު ފަރާތްތަކަށް 30 ޖާގަ
3.
ވާހަކަ ލިޔުން
ސްކޫލް ދަރިވަރުންނަށް ހާއްސަ 30 ޖާގަ
އާއްމު ފަރާތްތަކަށް 30 ޖާގަ
4.
ފޮޓޯ ނެގުމާއި، ލައިޓިން އަދި ފޮޓޯޝޮޕް އެޑިޓިންގް
30 ޖާގަ
5.
ވީޑިއޯ ނެގުމާއި އެޑިޓިންގ
30 ޖާގަ
6.
އޯޑިއޯ ރެކޯޑިން އަދި އެޑިޓިންގ
30 ޖާގަ
7.
ސްކްރިޕްޓް އަދި ސްކްރީން ޕްލޭ ލިޔުން
30 ޖާގަ
8.
ފަންސޫރު ކުރެހުން
30 ޖާގަ
9.
ފެންކުލަ އަދި ތެޔޮކުލައިން ކުރެހުން
30 ޖާގަ