ހަނިމާދޫގައި އަޟްޙާ ޢީދު 1447 ފާހަގަ ކުރުމަށް ބޭއްވޭ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލުން
އިޢުލާން
ހަނިމާދޫގައިއަޟްޙާޢީދު1447ފާހަގަކުރުމަށްބޭއްވޭޙަރަކާތްތަކުގައިބައިވެރިވުމުގެފުރުސަތުހުޅުވާލުން.
ހަނިމާދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ އަޟްޙާ ޢީދުގެ ހަރަކާތްތަކުގެ ތެރެއިން ބައިބަލާ، ފައިގަތަޅާ، މަސްރޭސް އަދި ވާދެމުގެ ޙަރަކާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން ފޯމް ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ބޭނުން ކުރެއްވުން އެދެމެވެ.
ލިންކް: https://forms.cloud.microsoft/r/h1iiCZUMqD
ރަޖިސްޓްރީވުމުގެމުއްދަތު
17 މެއި 2026 އިން 20 މެއި 2026 ގެ ނިޔަލަށް
20 މެއި 2026 (ބުދަ) ދުވަހުގެ ހެނދުނު 11:00 ގެ ކުރިން / އޮންލައިންކޮށް
މި ޙަރަކާތްތަކުގެ ޤަވާޤިދު މިއިޢުލާނާއި އެކު އެއްކަރުދާސް ކޮށްފައިވާނެއެވެ.
އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ފޯން: 4002064
އީމެއިލް: info@hanimaadhoo.gov.mv
ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.
