(IUL)258/258/2026/25

ހދ. ހަނިމާދޫ އަދި ހދ. ހިރިމަރަދޫ ރައްޔިތުންގެ މެދުގައި ސާރވޭއެއް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ

އިޢުލާން

       

ހދ.ހަނިމާދޫއަދިހދ.ހިރިމަރަދޫރައްޔިތުންގެމެދުގައިސާރވޭއެއްކޮށްދޭނެފަރާތެއްހޯދުމާގުޅޭ

 ހދ. ހަނިމާދޫ އަދި ހދ. ހިރިމަރަދޫ ރައްޔިތުންގެ މެދުގައި ސާރވޭއެއް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި ސާރވޭގެ ބޭނުމަކީ ހަނިމާދޫ ރައްޔިތުން އަދި ހިރިމަރަދޫ ރައްޔިތުންގެ ބޭނުންތައް ދެނެގަތުމަށާއި އަލަށް އިންތިޚާބުވި ކައުންސިލުން އެ ރައްޔިތުންނަށް ކޮށްދެވޭނެ ކަންކަމާއި، ރައްޔިތުންގެ ބޭނުންތައް ދެނެގަތުމަށް އަދި ރައްޔިތުންގެ ޙާލަތު ވަޒަންކުރުމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާފަރާތްތަކުން އޮންލައިންކޮށް ރަޖިސްޓްރީވުމަށް ތިރީގައިވާ ލިންކް ބޭނުން  ކުރެއްވުން އެދެމެވެ.

ލިންކް: https://forms.cloud.microsoft/r/a318fwKWB8

 

މަޢުލޫމާތުސާފުކުރުން

30 އޭޕްރީލް 2026 އިން 01 މޭ 2026 ގެ ނިޔަލަށް

11 މޭ 2026 (ހޯމަ) ދުވަހުގެ ހެނދުނު 11:00 ގެ ކުރިން / އޮންލައިންކޮށް

އަންދާސީހިސާބުހުށައެޅުންއަދިހުޅުވުން

18 މޭ 2026

ހެނދުނު 11:30 / ހދ. ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންރޫމުގައި

 

  • ބީލަމުގައި ރަޖިސްޓްރީވެ ވަޑައިގަތުމުން ބީލަމާއިގުޅޭ މަޢުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.

  • ބީލަމުގައިބައިވެރިވުން: ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކަށް އެކަންޏެވެ.

  • އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

    ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ

    ފޯން: 4002064

    އީމެއިލް:  info@hanimaadhoo.gov.mv

                 ވީމާ، މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.   

ޕަބްލިޝްކުރި ތާރީޚު : 29 އޭޕްރިލް 2026
ހަމަވާ ތާރީޚު : 18 މެއި 2026