(IUL)258/258/2026/22

އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ ޓެސްޓު ކުރާނެ އެގްޒަމިނަރުން ހޯދުމަށް ހުޅުވާލުން.

އިޢުލާން

އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ ޓެސްޓު ކުރާނެ އެގްޒަމިނަރުން ހޯދުމަށް ހުޅުވާލުން.

ކައުންސިލުން އަންގާ ގޮތެއްގެ މަތިން ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ދޫކުރާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމަށްޓަކައި ކުރަންޖެހޭ ޢަމަލީ ޓެސްޓް ކުރާނެ އަންހެން އަދި ފިރިހެން އެގްޒެމިނަރުން ހޯދުމަށް ބޭނުންވެއެވެ.

އެގްޒަމިނަރުން

- ބޭނުންވާ ޢަދަދު 02

- އަންހެން: 01

- ފިރިހެން: 01

ޝަރުޠު

- އަންހެން އެގްޒަމިނަރުން: މަދުވެގެން A0, A1 ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން

- ފިރިހެން އެގްޒަމިނަރުން: މަދުވެގެން A0 އިން ފެށިގެން ހެވީ ވެހިކަލް ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން

- ފާއިތުވި 05 (ފަހެއް) އަހަރުދުވަހުގެ ތެރޭގައި ޓްރެފިކް ވައެލޭޝަން ކުށެއްކޮށްފައިވާކަން ސާބިތުވެފައި ނުވުން އަދި ޖިނާއީ ކުށެއް ކޮށްފައިވާ މީހަކުކަމުގައި ނުވުން.

- ދޫކުރި ތާރީޚުން ފެށިގެން މަދުވެގެން 05 (ފަހެއް) އަހަރުދުވަސް ވެފައިވާ އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް އޮތުން.

- ޢުމުރުން 50 (ފަންސާސް) އަހަރު ނުވާ މީހެއްކަމުގައި ވުން.

- މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަންގައި ވަޒީފާއަދާކުރާ މީހަކުކަމުގައި ނުވުން.

- ޑްރައިވިންގ ސްކޫލެއްގައި އެއްވެސް ހައިސިއްޔަތަކުން މަސައްކަތް ކޮށްފައި ނުވުން އަދި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައި ނުވުން.

- އެގްޒަމިނަރުން ހޮވުމުގައި ގިނަ ގިންތީގެ ލައިސަންސް ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

އުޖޫރަ

- ޕްރެކްޓިކަލް އޮންނަ ކޮންމެ ދުވަހަކު ދުއްވާ A1 , A0 ކެޓަގަރީގެ ދުއްވުމަކަށް -/15 ރުފިޔާ

- ޕްރެކްޓިކަލް އޮންނަ ކޮންމެ ދުވަހަކު ދުއްވާ އެހެނިހެން ކެޓަގަރީގެ ކޮންމެ ދުއްވުމަކަށް -/25 ރުފިޔާ

ހުށަހަޅަން ޖެހޭ ލިޔުންތައް

- ޕޮލިސް ރިޕޯޓް (ތިންމަސްހަމަނުވާ)

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ސިޓީ

ވީމާ، މިކަމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ލިޔުންތަކާއިއެކު 10 މޭ 2026 ވާ އާދިއްތަ ދުވަހު 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

ވީމާ މިކަން ޢާންމުކޮށް އަންގާ ޢިއުލާން ކުރަމެވެ.

ޕަބްލިޝްކުރި ތާރީޚު : 28 އޭޕްރިލް 2026
ހަމަވާ ތާރީޚު : 10 މެއި 2026