1445 ވަނަ އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހދ. ހަނިމާދޫގައި ކުރިއަށްދިޔަ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން

މިރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ ހަނިމާދޫ ކައުންސިލްގެ ރައީސް ޢަބްދުއް ސައްތާރު ހަސަނެވެ. ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ މިރަސްމިއްޔާތުގައި ހަނިމާދޫގެ ސަރުކާރު މުއައްސަސާތަކާއި ހަނިމާދޫ ސްކޫލް ޔުނީފޯމް ބޮޑީތަކުގެ އިތުރުން ގިނަ އަދަތަކަށް އާއްމު ރައްޔިތުން ވަނީ ބައިވެރިވެވަޑައިގެންފައެވެ. ޤައުމީ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ދިވެހި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް އަރިސްކުރަމެވެ.