މިޝަން އަދި ވިޝަން

ތިލަދުންމަތީ  ދެކުނުބުރީ ހަނިމާދޫއަކީ  އިސްލާމްދީނާއި  ދިވެހިރާއްޖޭގެ  ޤާނޫނާއި  ޤަވާޢިދުތަކަށް ހުރުމަތްތެރިކޮށް ހިތާ، ޒަމާނީ ތަޢުލީމާއި ތަމްރީން  ލިބިފައިވާ، ސިއްހަތު ރަނގަޅު، ދުޅަހެޔޮ ، ރައްޔިތުންތަކެއް  ދިރިއުޅޭ،  އިޤުތިޞާދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ކުރިއަރާފައިވާ، ކުޅިވަރާއި މުނިފޫހި ފިލުވުގެ ދާއިރާއިން ތަރަށްޤީވެފައިވާ، ރައްކާތެރި ވެއްޓެއް ލިބިފައިވާ ރަށަކަށްވުން.


ކައުންސިލްގެ މިޝަން

ހަނިމާދޫއަކީ ތަޢުލީމީ ގޮތުންނާއި، އިޤްތިޞާދީ ގޮތުން ފުދުންތެރި، އިސްލާމީ ވެއްޓެއްގައި ދިރިއުޅޭ އިޖުތިމާޢީފޭރާން ހެޔޮ، ރަށަށްޓަކައި ފަޚުރުއިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނަނަށް ހުރުމަތްތެރިކޮށް ހިތައި، ޒަމާނީ ތައުލީމު ހޯދުމުގެ ވިސްނުން ގެންގުޅޭ، ދީނީ ގޮތުންނާއި ދުނިޔެވީ އަދި އުމްރާނީ ގޮތުން ތަރައްޤީވެ، ފުރިހަމަ ވަސީލަތް ތަކާއި އެކު ތަރައްޤީ ކުރެވެމުންދާ، ދެޖިންސްގެ ހަމަހަމަކަށް ޤާއިމުކުރެވިފައިވާ، ތަފާތު ކުރުމެއްނެތި ހުރިހާ އެންމެންނަށްވެސް ރައްކާތެރި ކަމާއި އެކު، ދިރިއުޅެވޭނެ، މުސްތަޤްބަލެއް އޮތް، ރަށަކަށް ހަނިމާދޫ ވެގެން ދިއުން.