ހަނިމާދޫ ކައުންސިލުން ތަރައްގީކުރި ސްކޭޓް ޕާކް ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފި

ހަނިމާދޫ ކައުންސިލުން ތަރައްގީކުރި ސްކޭޓް ޕާކް ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ހުޅުވައިދެއްވައިފިއެވެ.

ރައީސް ހަނިމާދޫ ސްކޭޓް ޕާކް ހުޅުވައި ދެއްވީ އެމަނިކުފާނު ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި އިއްޔެ ހަވީރު ހަނިމާދޫއަށް ވަޑައިގަތުމަށްފަހުއެވެ.

ހަނިމާދޫ ކައުންސިލުން މި ސްކޭޓް ޕާކް ތަރައްގީކުރީ 90 ދުވަސްތެރޭ ނިންމާގޮތަށް ނިޝާން ކޮންޓުރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެނެވެ. މި މަސައްކަތަށް ހަނިމާދޫ ކައުންސިލުގެ ބަޖެޓުން 1،827،105.10 (އެެއްމިލިއަން އައްލައްކަ ހަތާވީސް ހާސް އެއްސަތޭކަ ފަސްރުފިޔާ ދިހަ ލާރި) ވަނީ ހަރަދު ކޮށްފައެވެ.

ޕާކް ހުޅުވިގެން ދިއުމާ ގުޅިގެން ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދު ވިދާލުވީ މިއީ ގިނަ ބަޔަކު އެދެމުން ދިޔަ ކަމެއްކަމަށެވެ. އަދި މިކަމުގައި ސަބަބުން މި ހަރަކާތުގައި ކުރިއަށްދާން ކުދިންނަށް ލިބިގެންދިޔަ ރަނުގެ ފުރުސަތެއްކަމަށެވެ. އަދި މިކަމުގައި އެމްޓީސީސީން ވެދެއްވި އެހީތެރިކަމަށް ސީއީއޯ އަދަމް އާޒިމްއަށް ޝުކުރު ދަަަަންނަވާ ކަމުގައިވެސް ނައިބުރައީސް ވިދާޅުވިއެވެ.