ހަނިމާދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ހޯދުމާ ގުޅޭ:

(IUL)258/258/2023/112ނަންބަރު:

                                        އިޢުލާން

 ހަނިމާދޫ ކައުންސިލަށް އެކްސްކަވޭޓަރެއް ހޯދުމާ ގުޅޭ:

      މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރަށްވާ ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1- މިބީލަން ހުޅުވާލެވިފައިމިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން އޮންނާނީ 21 ޖޫން 2023 އިން ފެށިގެން 02 ޖުލައި 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު 13:00 އާއި ހަމަޔަށް އޮންލައިންކޮށެވެ. ރަޖިސްޓްރީވުމަށް https://www.hanimaadhoo.gov.mv/bid-register ބޭނުން ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރ ވެވަޑައިގަތުމުން ބީލަމާއިގުޅޭ މައުލޫމާތު ޝީޓް އީމެއިލްގެ ޒަރިއްޔާއިން ލިބިވަޑައިގަންނަވާނެއެވެ.

3- ބީލަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވެލައްވާ ނަމަ info@hanimaadhoo.gov.mv އަށް މެއިލް ކުރެއްވުން އެދެމެވެ.

4- ބީލަންތައް ހުޅުވުން އޮންނާނީ 03 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 11:00 ގައި ހދ. ހަނިމާދޫ ކައުންސިލްގެ އިދާރާގެ ކޮންފަރެންސް ހޯލްގައެވެ. ބީލަމުގައި ބައިވެރިވެވޭނީ ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ބީލަންތައް ހުންނަންވާނީ ބައިންޑުކޮށް ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، އަދި ބީލަން ހުށައަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޛުލްޙައްޖު 1444

21 ޖޫން 2023