ޢިއުލާން

1413 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ބެހޭ

ނަންބަރ: (IUL)258/258/2022/23

އިޢުލާން

1443 ވަނަ އަހަރުގެ ފިޠުރުޒަކާތް ބަލައިގަތުމާއި ބެހޭ.

1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަންބަރު:142-C2/CIR/2022/7  ގައި ވާ ގޮތުގެ މަތިން،  1443 ރަމަޟާން 02 (03 އޭޕްރީލް 2022) ވާ އާދީއްތަ ދުވަހުން ފެށިގެން 1443 ރަމަޟާން 28 (29 އޭޕްރީލް 2022) ވާ ހުކުރު ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ. ފިޠުރު ޒަކާތުގެ ގޮތުގައި ނެރޭނީ އެބަޔަކު އަހަރުތެރޭގައި ބަނޑުކެއުމުގެ ގޮތުން ޢާންމުކޮށް ކައިއުޅުނު ގޮވާމުގެ ބާވަތަކުން 2.4 ކިލޯއެވެ. ނުވަތަ 2.4 ކިލޯގެ އަގެވެ. ކައުންސިލުން ފިޠުރު ޒަކާތް ބަލައިގަންނާނީ މާލިއްޔަތު ޤަވާއިދުގައިވާ ގޮތުގެ މަތިން ނަގުދު ފައިސާއިން ކަމުގައި ދަންނަވަމެވެ. ތިރީގައިވާ ތާވަލުގައި އެވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ނަންބަރު: C2/CIR/2022/7 142- އާއިއެކު އެއްކަރުދާސް ކޮށްފައިވާ، 1443 ވަނަ އަހަރުގެ ފިޠުރު ޒަކާތް ބަލައިގަތުމަށް އާންމުކޮށްފައިވާ ގޮވާމުގެ ބާވަތްތަކާއި ރޭޓުތަކެވެ.

#ބާވަތްފައިސާގެ ޢަދަދު
1އާދައިގެ ހަނޑޫ12 ރުފިޔާ
2ތައިލެންޑް ހުދު ހަނޑޫ77 ރުފިޔާ
3ރަތް ހަނޑޫ72 ރުފިޔާ
4ބާސްމަތީ ހަނޑޫ (އާދައިގެ)77 ރުފިޔާ
5ބާސްމަތީ ހަނޑޫ (މޮޅު)90 ރުފިޔާ
6ބާސްމަތީ ހަނޑޫ (އެންމެ މޮޅު)132 ރުފިޔާ
7އާދައިގެ ފުށް12 ރުފިޔާ
8އާޓާ ފުށް75 ރުފިޔާ

 ވީމާ، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 09:00 އިން މެންދުރު 12:00 އަށް ކައުންސިލް އިދާރާއިން ފައިސާ ބަލައިގަންނާނެ ވާހަކަ ދަންނަވަމެވެ. އޮންލައިންކޮށް ފައިސާ ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން އިސްވެ ބަޔާންކޮށްފައިވާ ފިޠުރު ޒަކާތް ބަލައިގަތުމަށް ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ކޮންމެ ދުވަހެއްގެ ކޮންމެ ވަގުތެއްގައިވެސް ތިރީގައިވާ ހަނިމާދޫ ކައުންސިލްގެ ބޭންކް އެކައުންޓަށް ފައިސާ ޖަމާކުރުމަށްފަހު، ފައިސާ ޖަމާކުރި ސްލިޕް ކައުންސިލް އިދާރާގެ މޯބައިލް ނަންބަރު 7440028 އަށް ވައިބަރ ކުރެއްވުން އެދެމެވެ. ނަމަވެސް ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވާ ގަޑި ނޫން ގައިތަކުގައި އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކުގެ ފައިސާގެ ރަސީދު ލިބިވަޑައިގަންނަވާނީ ޖެހިގެން އަންނަ ދުވަހުގެ ފައިސާ ބަލައިގަންނަ ގަޑީގައިކަން ދަންނަނަވަމެވެ. އަދި އޮންލައިންކޮށް ފައިސާ ދައްކަވާ ފަރާތްތަކުން ރިމާރކްސްގައި ޒަކާތުގެ ގޮތުގައި ފައިސާ ދައްކަވާ މީހުންގެ އަދަދާއި ބާވަތް އަދި ފައިސާ ދައްކަވާފަރާތުގެ ނަމާއި އައި.ޑީ ކާޑު ނަންބަރާއި އެޑްރެސް ޖެއްސެވުމަށްފަހު ފޮނުއްވުން އެދެމެވެ.

ފިޠުރު ޒަކާތުގެ ފައިސާ އޮންލައިންކޮށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން ފައިސާ ޖަމާކުރާނީ ހަނިމާދޫ ކައުންސިލް އިދާރާގެ ތިރީގައިމިވާ ބޭންކް އޮފް މޯލްޑްވްސްގެ އެކައުންޓަށް ކަމުގައި ދެންނެވީމެވެ.

އެކައުންޓުގެ ނަންއެކައުންޓު ނަންބަރު
1296 KHARADHU 27706700320004

                   ވީމާ މިކަން އާންމުކޮށް އަންގާ އިއުލާން ކުރަމެވެ.         

         02 ރަމަޟާން 1443

                        03  އޭޕްރިލް 2022               

Leave a Reply

Your email address will not be published. Required fields are marked *