ހދ. ހަނިމާދޫއިން ދިރިއުޅުމަށްޓަކައި 3000 އަކަފޫޓުގެ 200 ބަންޑާރަ ގޯތި ދޫކުރުމަށް ހަނިމާދޫ ކައުންސިލްގެ 04 ވަނަ ދައުރުގެ 38 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާތީ، ކައުންސިލުން އެކަށައަޅާ ފާސްކޮށްފައިވާ އުޞޫލުތަކާއި އެއްގޮތަށް ބަންޑާރަ ގޯއްޗަށް ޝަރުޠު ހަމަވާ ފަރާތްތަކުން 2022 ފެބުރުއަރީ 20 ވާ އާދީއްތަ ދުވަހުންފެށިގެން 2022 މާރޗް 31 ވާ ބުރާސްފަތި ދުވަހުގެ 12:00 ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުމަށް ދަންނަވަމެވެ.
ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ ބަޔާންކުރެވުނު މުއްދަތުގައި ރަސްމީ ދުވަސްތަކުގެ ހެނދުނު 09:00 އިން 12:00 އަށް މިއިދާރާގެ ކައުންޓަރުންނެވެ.
ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
ގެޒެޓް ލިންކް: https://www.gazette.gov.mv/iulaan/182619