ފަހަތަށް
ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ހަނިމާދޫ ކައުންސިލުން ދަނޑުވެރިންނަށް ގަސްކާނާ ހަދިޔާކޮށްފި

ދަނޑުވެރިންގެ ދުވަސް ފާހަގަކުރުމަށް ހަނިމާދޫ ކައުންސިލުން ދަނޑުވެރިންނަށް ގަސްކާނާ ހަދިޔާކޮށްފި

ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، ހަނިމާދޫގައި ދަނޑުވެރިކަން ކުރާ ފަރާތްތަކުގެ އަގުވަޒަންކޮށް އެފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން ޚާއްޞަ ހަފްލާއެއް ބާއްވައިފިއެވެ.

މި ހަފްލާގައި، ހަނިމާދޫގައި ފުޅާދާއިރާއެއްގައި ދަނޑުވެރިކަން ކުރަމުންދާ ފަރާތްތަކަށް ކައުންސިލްގެ ފަރާތުން ވަނީ ގަސްކާނާ ހަދިޔާކޮށް، އެފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ރަމްޒީ ލިޔުން ހަވާލުކޮށްފައެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން ކައުންސިލުން މައުލޫމާތު ދެއްވިގޮތުގައި، މިފަދަ ހަރަކާތެއް ހިންގުމުގެ މަޤްޞަދަކީ ރަށުގެ ކާނާގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ރަށުގެ އިޤްތިޞާދުގައި ދަނޑުވެރިން ކުރަމުންދާ މުހިންމު މަސައްކަތްތަކަށް ހިތްވަރުދީ، ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް އާލާކޮށް އާރޯކުރުމެވެ.

މީގެ އިތުރުން، ހަނިމާދޫގެ ދަނޑުވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، ދަނޑުވެރިކަން އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ކައުންސިލުން އަބަދުވެސް ދަނޑުވެރިންނާއެކު ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން ވަނީ ދީފައެވެ.

މި ހަފްލާގައި ރަށުގެ ގިނަ އަދަދެއްގެ ދަނޑުވެރިން ބައިވެރިވެފައިވާއިރު، ކައުންސިލުން އިސްނަގައިގެން ދަނޑުވެރިންގެ އަގުވަޒަންކުރުމަށް މިފަދަ ހަރަކާތެއް ބޭއްވިކަމަށްޓަކައި ދަނޑުވެރިން ވަނީ ކައުންސިލަށް ޝުކުރު އަދާކޮށްފައެވެ.

މި ހަފްލާގައި ކޮންމެ ދަނޑުވެރިއަކަށް 3 ބަސްދާ ކައުޑަނޖް އަދި 2 ބަސްތާ ޔުނިގްރޯ ހަވާލިކޮއްފައިވެއެވެ.