ފަހަތަށް
ގައުމީ ޤްރުއާން މުބާރާތުގައި ބައިވެރިވާ ހަނިމާދޫ ތަމްސީލުކުރާ ދެ ދަރިވަރުންނާއެކު ކައުންސިލުން ބައްދަލު ކުރައްވައިފި

ގައުމީ ޤްރުއާން މުބާރާތުގައި ބައިވެރިވާ ހަނިމާދޫ ތަމްސީލުކުރާ ދެ ދަރިވަރުންނާއެކު ކައުންސިލުން ބައްދަލު ކުރައްވައިފި

ގައުމީ ޤްރުއާން މުބާރާތުގައި ބައިވެރިވާ ހަނިމާދޫ ތަމްސީލުކުރާ ދެ ދަރިވަރުންނާއެކު ކައުންސިލުން ބައްދަލު ކުރައްވައިފި

ގައުމީ ފެންވަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާ ހަނިމާދޫ ސްކޫލްގެ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ހަނިމާދޫ ކައުންސިލުން އެ ދަރިވަރުންނާ ބައްދަލުކުރައްވައި ހިތްވަރުދެއްވައިފިއެވެ.

މިއަދު ހަނިމާދޫ ސްކޫލުގައި ބޭއްވި މި ބައްދަލުކުރުމުގައި ކައުންސިލްގެ ރައީސާއި، ކައުންސިލް ނާއިބުރައީސްގެ އިތުރުން ސްކޫލްގެ އިސްވެރިންނާއި، މުބާރާތުގައި ބައިވެރިވާ ދަރިވަރުންނާއި އެ ދަރިވަރުންގެ ބެލެނިވެރިން ބައިވެރިވެފައި ވެއެވެ.

މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ދެއްކެވި ވާހަކަފުޅުގައި، ރަށުގެ ނަން ރީތިކޮށް، ގައުމީ ފެންވަރުގައި ރަނގަޅު ކާމިޔާބީއެއް ހޯދުމަށް ދަރިވަރުން ކުރަމުންދާ މަސައްކަތްތަކަށް ސާބަސް ދެއްވިއެވެ. އަދި މުބާރާތުން ރަނގަޅު ވަނަތަކެއް ހާސިލުކުރުމަށް ގަދައަޅާ މަސައްކަތް ކުރޔުމަށާއި، މީގެއިތުރުން، އިލްމީ އަދި އިޖުތިމާއީ ގޮތުން ދަރިވަރުން ކުރިއަރައި ދިއުމަށް ކުރާ ކޮންމެ ކަމެއްގައި ކައުންސިލްގެ އެއްބާރުލުން އަބަދުވެސް ލިބެމުންދާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ތައުލީމީ ކަންކަމަށް ކަނޑާއަޅުވާފައި ހުންނަވާނީ ހަނިމާދޫ ކައުންސކިލްގެ ނާއިބުރައީސް ކަމަށާއި، އަދި ނާއިބުރައީސްއަށް ތައުލީމީ ދާއިރާއަށް ހަރަދުކުރުމުގައި ރައިސްއެކޭ އެއްވަރަށް ހުރިހާ އިހުތިޔާރެއްދީފައިވާނެކަމަށާއި، ކަންކަން ކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ހަނިމާދޫ ކައުންސިލްގެ ނާއިބުރައީސްވެސް ވަނީ ދަރިވަރުންނާއި މުހާތަބުކޮށް ހިއްވަރުދީ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ދަރިވަރުން ހޯއްދަވާ ކާމިޔާބީއަށާއި، ތައުލީމު އުގެނުމާއި، މުބާރާތްތަކުގައި ހޯއްދަވާ ކާމިޔާބީ ފާހަގަކުރައްވާ ދެ ދަރިވަރުންނަށްވެސް ކާމިޔާބީއަށް އެދިފައިވެއެވެ. މީގެ އިތުރުންވެސް ނާއިބުރައީސް ވިދާޅުވީ ތައުލީމާށްޓަކައި މިހާރުވެސް އަދި ކުރިއައްއޮތް ތަނުގައިވެސް ބޮޑެތިހޭދަ ކުރައްވާނެކަަމަށެވެ.

މި ބައްދަލުވުމުގައި ހަނިމާދޫ ސްކޫލްގެ ފަރާތުން ސްކޫލުގެ ޕްރިންސިޕަލްއާއި ޓީޗަރުންވެސް ވަނީ ދަރިވަރުންނަށް ހިތްވަރުދީ ވާހަކަފުޅު ދައްކަވާފަ. އަދި ކައުންސިލުން އަބަދުވެސް ސްކޫލްގެ ހަރަކާތްތަކަށް ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

ބައްދަލުވުން ނިންމާލާފައިވަނީ މުބާރާތުގައި ބައިވެރިވާ ޓީމަށް ކާމިޔާބީއަށް އެދި ހެޔޮދުއާ ކުރަމުން.