މި ރަސްމިއްޔާތުގައި ކައުންސިލްގެ ވެރިންނާއި، ޓީމުތަކުގެ ކުޅުންތެރިންގެ އިތުރުން މެނޭޖްމަންޓްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސް ވަނީ ޓީމުތަކުން ދައްކަވާ ހުނަރާއި ބަދަހިކަމަށް ސާބަސް ދެއްވައި، ކުރިއަށް އޮތް މުބާރާތްތަކުގައި ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.


މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މަޤްޞަދުގައި ބައިވެރިވާ މި މުބާރާތްތަކުގައި ދެ ޓީމުންވެސް ރަނގަޅު ނަތީޖާއެއް ހޯދާނެކަމުގެ ޔަޤީންކަން ޓީމުގެ ކުޅުންތެރިން ވަނީ ދެއްވާފައެވެ.


