އިންގާރާ
އެފް.އޭ.އެމް އެޓޯލް ފުޓްސަލް ޗެލެންޖް 2026 ގައި ވާދަކުރާ ހދ. ހަނިމާދޫ ފުޓްސަލް ޓީމުގެ ރަސްމީ ޖާރޒީ ދެއްކުމާއި، ކުޅުންތެރިންނަށް ޖާރޒީ ހަވާލުކުރުމުގެރަސްމިއްޔާތު

އެފް.އޭ.އެމް އެޓޯލް ފުޓްސަލް ޗެލެންޖް 2026 ގައި ވާދަކުރާ ހދ. ހަނިމާދޫ ފުޓްސަލް ޓީމުގެ ރަސްމީ ޖާރޒީ ދެއްކުމާއި، ކުޅުންތެރިންނަށް ޖާރޒީ ހަވާލުކުރުމުގެރަސްމިއްޔާތު

އެފް.އޭ.އެމް އެޓޯލް ފުޓްސަލް ޗެލެންޖް 2026 ގައި ވާދަކުރާ ޓީމް ހަނިމާދޫ ފުޓްސަލް ޓީމުގެ ޖާރޒީ ދެއްކުމާއި، ކުޅުންތެރިންނަށް ޖާރޒީ ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ. ހަނިމާދޫގައި ބޭއްވުނު މި ޚާއްޞަ ހަފްލާގައި ޓީމުގެ މެނޭޖްމަންޓާއި، ކުޅުންތެރިންގެ އިތުރުން ޝަރަފުވެރި މެހެމާނުން ބައިވެރިވެވަޑައިގަތެވެ.

ޖާރޒީގައި މައިގަނޑު ގޮތެއްގައި ބޭނުންކޮށްފައިވަނީ ހަނިމާދޫ ޓީމުގެ އާންމު ކުލަތަކެވެ.

ހަފްލާގެ މުހިންމު ބައިތައް

ސްކޮޑުގައި ހިމެނޭ ހުރިހާ ކުޅުންތެރިންނަށާއި އޮފިޝަލުންނަށް އެމީހެއްގެ ޖާރޒީ ރަސްމީކޮށް ހަވާލުކުރެވިގެން ދިޔައެވެ.

ޓީމުގެ ކުޅުންތެރިންނަށް ހިތްވަރުދިނުމުގެގޮތުން ދައުވަތުދީގެން ވަޑައިގެންތިއްބެވި މެހެމާނުންނަށް ޓީމަށް މުހާތަބުކޮށް ވާހަކަދައްކާފައިވެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އާއި ކްލަބް މޯލްޑިވްސް ގުޅިގެން ބާއްވާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ބޮޑު މުބާރާތެކެވެ. ޓީމުގެ މެނޭޖްމަންޓުން ހާމަކުރި ގޮތުގައި، މިފަހަރުގެ އަމާޒަކީ އަތޮޅު ބުރު ކާމިޔާބުކޮށް ޒޯން ބުރަށް ދަތުރުކުރުމެވެ.

މިހަފްލާގައި ހަނިމާދޫ ކައުންސިލްގެ ރައީސް ވާހަކަ ދައްކަވަމުން ވިދާޅުވީ ޓީމް އަތޮޅު ތަށި ކާމިޔާބު ކުރައްވައިފިނަމަ، ހަނިމާދޫ ކައުންސިލާއި ހަނިމާދޫގެ އެންމެހާ މުއައްސަސާތަކާ ގުޅިގެން ޓީމް ހަނިމާދޫއަށް މަރުހަބާ ކިޔުމަށް ވަރަށް ފުރިހަމަ އިވެންޓެއް ބާއްވާނެކަމަށެވެ.