ހަނިމާދޫގެ ކުޑަކުދިންގެ ޕާކްތަކާއި އާންމު މައިޒާންތަކަށް ބޭނުންވާ ސާމާނު ސަޕްލައިކޮށް، އެތަކެތި އިންސްޓޯލްކޮށްދޭނެ ފަރާތެއް ހޯދުމަށް މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑް (Minute Plus Pvt Ltd) އާއެކު ރަސްމީކޮށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސެވެ. އަދި މިނެޓް ޕްލަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އިސްވެރިއާ އާދަމްއެވެ.
ޖުމަލް 2,774,736.00 ރ މި މައްސަކަތް ވަނީ މިއަދު ހަވާލުކުރެވިފައެވެ. ޖުމްލަ 120 ދުވަހުގެ މުއްދަތެއް ގެ ތެރޭގައި މި މަސަކަތް ނިންމަން ވަނީ ހަވާލުކުރެވިފައެވެ.

މަޝްރޫއުގެ މުހިންމު ތަފްސީލު
މި މަޝްރޫއުގެ ދަށުން ހަނިމާދޫގައި ގާއިމުކުރެވިފައިވާ އަދި އަލަށް ތަރައްގީކުރާ ޕާކްތަކުގެ ފެންވަރު މަތިކުރުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކުރެވޭނެ މުހިންމު މަސައްކަތްތައް:
ކުޅޭ ސާމާނު ސަޕްލައިކުރުން: ކުޑަކުދިން ކުޅޭނެ ރައްކާތެރި އަދި ޒަމާނީ ކުޅިވަރު ސާމާނު ފޯރުކޮށްދިނުން.
އިންސްޓޯލްކުރުން: ސަޕްލައި ކުރެވޭ ސާމާނު އެކަށީގެންވާ ރައްކާތެރިކަމާއެކު ޕާކްތަކުގައި ރޭވުމާއި ހަރުކުރުން.
އާންމު ވަސީލަތްތައް: ޕާކްތަކުގައި އިށީންނާނެ ބެންޗާއި، އަލިކުރާނެ ވަސީލަތްތައް ގާއިމުކުރުން.
ކުލަ ޕްެރާކް ގައި ޓާފް އެޅުމާއި ޑަސްބިން އަދި ބެންޗްތައް ޤާއިމްކުރުން
ރަށުގައި އެކި ސަރަޙައްދުގައި 4 ޕާރަކް ތަރަައްޤީ ކުރެވި އަދި އިތުރު މައިޒާންތަކާއި ސްކޫލަށް ބޭނުންވާ ކުޅޭ ސާމާންތަސްވެސް މި މާޝްރޫގައި ހިމެނޭނެއެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ހަނިމާދޫގެ ކުޑަކުދިންނާއި އާއިލާތަކަށް އުފާވެރި، ރައްކާތެރި އަދި ހިތްފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމެވެ. އަދި މިނެޓް ޕްލަސް ފަދަ ގާބިލު ކުންފުންޏަކާ މިއަދު ހަވާލުކުރެވުނު މަސައްކަތް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ނިންމައި އާންމުންނަށް ބޭނުންކުރެވޭވަރު ވެގެންދާނެ ކަމަށް ކައުންސިލުން އުންމީދުކުރެއެވެ.

