އިންގާރާ
ހަނިމާދޫ ކައުންސިލް އިންޓަރ އޮފީސް ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތް 2026 އިންތިޒާމްކޮށް ހިންގުމަށް "ޑްރާފްޓް އެންޑް ކްރާފްޓް" އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ހަނިމާދޫ ކައުންސިލް އިންޓަރ އޮފީސް ފުޓްސަލް އަދި ހޭންޑްބޯޅަ މުބާރާތް 2026 އިންތިޒާމްކޮށް ހިންގުމަށް "ޑްރާފްޓް އެންޑް ކްރާފްޓް" އާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

ހަނިމާދޫ ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ "އިންޓަރ އޮފީސް ފުޓްސަލް އަދި ހޭންޑްބޯޅަ ޓޯނަމެންޓް 2026" އިންތިޒާމުކޮށް، މުޅި މުބާރާތް ހިންގުމުގެ މަސްއޫލިއްޔަތު "ޑްރާފްޓް އެންޑް ކްރާފްޓް" (Draft & Craft) އާ ހަވާލުކޮށް، އެކަމުގެ ރަސްމީ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ޖުމުލަ 278350.00 ރުފިޔާއަށް މި މަސަކަތް ހަވާލުކުރެއްވީ މި އަދުއެވެ. އަދި މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާނީ އޮގަސްޓު މަހުގެތެރޭގައެވެ.

ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މިއެއްބަސްވުމުގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސެވެ. އަދި ޑްރާފްޓް އެންޑް ކްރާފްޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ އޯނަރ ޝިފާން ހަސަންއެވެ.

އެއްބަސްވުމުގެ މުހިންމު ތަފްސީލުތައް

މި އެއްބަސްވުމުގެ ދަށުން، މުބާރާތުގެ އިންތިޒާމީ އެންމެހައި ކަންކަމާއި މުބާރާތް ހިންގުމުގެ ފުރިހަމަ މަސްއޫލިއްޔަތު ނަގާނީ ޑްރާފްޓް އެންޑް ކްރާފްޓްގެ މެނޭޖްމަންޓުންނެވެ.

  • މުބާރާތުގެ ކުޅިވަރުތައް:

    • ފުޓްސަލް: މުއައްސަސާތަކުގެ ފިރިހެން މުއައްޒަފުންނަށް

    • ހޭންޑްބޯޅަ: މުއައްސަސާތަކުގެ އަންހެން މުއައްޒަފުންނަށް

  • އިންތިޒާމުކުރުމުގެ ދާއިރާތައް:

    1. މުބާރާތުގެ ތާވަލު އެކުލަވާލުމާއި މެޗުތައް އިންތިޒާމުކޮށް ހިންގުން.

    2. މުބާރާތުގެ ރެފްރީކަމާއި އޮފިޝަލުންގެ ކަންކަން ހަމަޖެއްސުން.

    3. މުބާރާތުގެ ބްރޭންޑިންގ، މާކެޓިންގ އަދި މީޑިއާ ކަވަރޭޖްގެ މަސައްކަތްތައް.

    4. މުބާރާތް ބޭއްވުމަށް ބޭނުންވާ ދަނޑާއި ވަސީލަތްތައް ތައްޔާރުކުރުން.