ހަނިމާދޫ ކައުންސިލްގެ އިދާރާއިން އުފަލާއެކު ދަންނަވަނީ، ޗައިނާ (ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ) އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަލްފާޟިލް ކޮންގް ސިއަންހުއާ، އޮގަސްޓް 5 އިން 6 އަށް ހަނިމާދޫއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމެވެ.
ސަފީރު ކޮންގް ސިއަންހުއާ އާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަންނަވާ ޑެލިގޭޝަން ހަނިމާދޫ ކައުންސިލާއި ބައްދަލުކުރައްވާ މަޝްވަރާ ކުރެއްވިއެވެ.
ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ޑެލިގޭޝަން
އެކްސެލެންސީ ކޮންގް ސިއަންހުއާ – ސަފީރު
މިސްޓަރ ޜަންގް ޒޫ – ކައުންސެލަރ
މިސް ލިއު ފޭންގް – ފަސްޓް ސެކްރެޓަރީ
މިސްޓަރ ގާއޯ ޖިއަރޮންގް – އެޓާޝޭ
ދަތުރުފުޅުގެ މުހިންމު ހަރަކާތްތައް
ދެ ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި، ރަށުގެ ތަރައްޤީއާއި އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ ގޮތުން ހަނިމާދޫ ކައުންސިލާއި ޗައިނާ އެމްބަސީގެ ޑެލިގޭޝަނުން މުހިންމު ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ:
ދަނޑުވެރިންގެ ދާއިރާއިން
ހަނިމާދުގައި ރުއްގަސް އިންދުމުގައިއާއި އަދި ރުއްތަކަށް ދިމާވާ ބަލިތަަށް ހައްލެއް ހޯދުމަށް ކުރެވޭނެ ކަންކަންމާއި ޓްރޭނިން ޕްރޮގްރާމްތަށް ހިންގުން.

ކައުންސިލާއެކު ބާއްވާ ބައްދަލުވުން: ރަށުގެ ތަރައްޤީގެ މަޝްރޫޢުތަކާއި ދެފަރާތުގެ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ހަނިމާދޫ ކައުންސިލާއެކު ބާއްވާ ރަސްމީ ބައްދަލުވުން.

ތަޢުލީމީ އަދި ސިއްޙީ އިދާރާތަކަށް ޒިޔާރަތްކުރުން: ހަނިމާދޫ ސްކޫލް އަދި ހަނިމާދޫ ސިއްޙީ މަރުކަޒަށް ޒިޔާރަތްކުރައްވައި، އެ އިދާރާތަކުގެ ހާލަތު ބައްލަވައިގަތުން.

