1448 ވަނަ އަހަރުގެ "ޖަވާޙިރުލް ޤުރުއާން މުބާރާތް" އިންތިޒާމުކޮށް ކުރިއަށް ގެންދިއުމަށްޓަކައި ހަނިމާދޫ ކައުންސިލުން ޑްރާފްޓް އެންޑް ކްރާފްޓް (Draft & Craft) އާއެކު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މިއީ ހަނިމާދޫގައި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ކުދިންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގެ މަޤްޞަދުގައި ބާއްވާ މުބާރާތް އިތުރަށް ފުރިހަމަކޮށް އިންތިޒާމުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ އިދާރާގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ [ކައުންސިލްގެ ރައީސް / އާލީ އިބްރާޙިމް އެވެ. އަދި ޑްރާފް އެންޑް ކްރާފްޓްގެ ފަރާތުން ސޮއިކުރެއްވީ ޝިފާން ޙަސަން އެވެ.

މި މުބާރާތަކީ ހަނިމާދޫގެ އާބާދީގެ މެދުގައި ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނު އާލާކޮށް، ކުދިންގެ ހިތްތަކުގައި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމުގެ މަޤްޞަދުގައި ކައުންސިލުން އިސްނަގައިގެން ބާއްވާ މުހިންމު މުބާރާތެކެވެ.
ހަނިމާދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، ޑްރާފް އެންޑް ކްރާފްޓް ފަދަ ތަޖުރިބާކާރު ފަރާތަކާ މުބާރާތް އިންތިޒާމުކުރުން ހަވާލުކުރުމުގެ މައިގަނޑު ބޭނުމަކީ، މިއަހަރުގެ މުބާރާތް ކުރީ އަހަރުތަކަށްވުރެ ފުރިހަމައަށް އަދި އިންތިޒާމީ ގޮތުން މަތީ ފެންވަރެއްގައި ކުރިއަށް ގެންދިއުމެވެ. މީގެ ތެރޭގައި މުބާރާތުގެ އިސްތިހާރުކުރުމާއި، މެނޭޖުކުރުމުގެ އިތުރުން މުބާރާތުގެ ހިނގުމާ ގުޅޭ އެކި ކަންކަން ހިމެނެއެވެ.

1448 ވަނަ އަހަރުގެ ޖަވާޙިރުލް ޤުރުއާން މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތާރީޚާއި އިތުރު ތަފްޞީލުތައް ކުރިއަށް އޮތް ތަނުގައި ކައުންސިލުން އާންމުކުރާނެއެވެ.

