އިންގާރާ
ހަނިމާދޫ ކައުންސިލުން ހަނިމާދޫ ހެލްތްސެންޓަރުގެ ޕަބްލިކް ޔުނިޓަށް 55 އިންޗި ޓީވީއެއް ހަދިޔާކުރުން

ހަނިމާދޫ ކައުންސިލުން ހަނިމާދޫ ހެލްތްސެންޓަރުގެ ޕަބްލިކް ޔުނިޓަށް 55 އިންޗި ޓީވީއެއް ހަދިޔާކުރުން

ހަނިމާދޫ ހެލްތް ސެންޓަރުގެ ޕަބްލިކް ހެލްތް ބޭފުޅުން 29 ޖުލައި 2026 ވަނަ ދުވަހު ހަނިމާދޫ ކައުންސިލާއެކު ކުރެއްވި ބައްދަލުވުމުގައި، މި ސަރުކާރުން މުޅި ރާއްޖޭގައި ފަށާފައިވާ ''ޕްރައިމަރީ ހެލްތްކެއަރ'' ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި ކައުންސިލުގެ އެހީތެރިކަމާ އެއްބާރުލުމަށް ވަނީ އެދިފައެެވެ. އެގޮތުން ކައުންސިލުންވަނީ އެބޭފުޅުން ބޭނުންފުޅުވެލައްވާ އެއްމެހައި އެއްބާރުލުމާ އެހީތެރިކަން ހަނިމާދޫ ކައުންސިލުން ލިބޭނެކަމަށް ވިދާޅުވެފައެވެ. އޭގެތެރޭގައި ހަނިމާދޫ ކައުންސިލްގެ މީޓިންގރޫމް ރަށުގެ އެކިއެކި މުއައްސަސާތަކާއެކު ބައްދަލުކުރަން ބޭނުންފުޅުވެލައްވާނަމަ އެފުރުސަތުވެސް ފަހިކޮށްދެއްވާނެކަމުގައެވެ.