ހަނިމާދޫ ކައުންސިލް އިދާރާއާއި ހަނިމާދޫ ސިއްޙީ މަރުކަޒު ގުޅިގެން ރަށުގެ ރައްޔިތުން ސިއްޙީ ކަންކަމަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގުމާ މެދު މަޝްވަރާ ކުރުމުގެ ބައްދަލުވުމެއް ބާއްވައިފިއެވެ.

ހަނިމާދޫ ކައުންސިލް އިދާރާގައި ބޭއްވުނު މި ބައްދަލުވުމުގައި، ރަށުގެ ސިއްޙީ ހާލަތު ބައްލަވައި، އާންމު ސިއްޙަތު ރައްކާތެރިކުރުމަށާއި، ތަފާތު ބަލިތަކުން ރައްކާތެރިވުމަށް ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން ކުރިއަށް ގެންދެވިދާނެ ހަރަކާތްތަކާ ގުޅޭގޮތުން ދެ އިދާރާގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނެވެ.
މި ބައްދަލުވުމުގައި ކައުންސިލުން ފާހަގަކުރެއްވި ގޮތުގައި، ރައްޔިތުންގެ ދުޅަހެޔޮކަމާއި ސިއްޙީ ރައްކާތެރިކަމަށް ކުރެވޭ ކޮންމެ މަސައްކަތެއްގައި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާނެއެވެ. އަދި ސިއްޙީ މަރުކަޒުގެ ފަރާތުން ވަނީ، މިފަދަ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް މުޅި ރަށަށް އަމާޒުކޮށްގެން ސިލްސިލާކޮށް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
މި މަޝްވަރާ ބައްދަލުވުމުގެ ސަބަބުން، ކުރިއަށް އޮތް ތަނުގައި ރަށު ލެވަލް ގައި ހޭލުންތެރިކަމުގެ ތަފާތު ސެޝަންތަކާއި، ސިއްޙީ ދުޅަހެޔޮކަމަށް އަމާޒުކޮށްގެން ހަރަކާތްތަކެއް ރޭވިގެންދާނެ ކަމަށް ދެ އިދާރާއިންވެސް މައުލޫމާތުދެއެވެ.

