މިއަދު ހެނދުނު 06:00 ގައި ހަނިމާދޫ ކައުންސިލް އިދާރާގެ މައި މައިދާނުގައި ބޭއްވުނު މި ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ ޤައުމީ ދިދަ ނަގައިދެއްވީ ހަނިމާދޫ ކައުންސިލްގެ ރައީސް އަދި އ.ތ.މ ކޮމެޓީގެ ރައީސާއެވެ. ދިދަ ނެގުމާއެކު، ރަސްމިއްޔާތުގެ ބައިވެރިންގެ މެދުގައި ޤައުމީ ސަލާމް ކިޔުން އޮތެވެ.


މި ރަސްމިއްޔާތުގައި ހަނިމާދޫ ކައުންސިލްގެ މެންބަރުންނާއި، އިދާރީ މުވައްޒަފުންގެ އިތުރުން ރަށުގެ މުއައްސަސާތަކުގެ ވެރިންނާއި، ކްލަބް ޖަމްޢިއްޔާތަކުގެ މަންދޫބުން އަދި ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލްގެ ރައީސްގެ ނަމުގައި، ޤައުމީ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ހަނިމާދޫގެ އެންމެހާ ރައްޔިތުންނަށް އަރިސްކުރައްވާފައެވެ.


