ހަނިމާދޫ ކައުންސިލް ''ޖަވާހިރުލް ޤްރުއާން މުބާރާތް'' ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 20 އޮގަސްޓް 2026 އިން ފެށިގެން 22 އޮގަސްޓް 2026 ގެ ނިއަލަށެވެ. އެގޮތުން މި މުބާރާތުގެ ފެށުމުގެ ރަސްމިއްޔާތު އޮންނާނީ 20 އޮގަސްޓް 2026 ގައެވެ. އަދި މުބާރާތުގެ ނަތީއްޖާ ފާޅުކުރުން އޮންނާނީ 22 އޮގަސްޓް 2026 ގެ ރޭގަނޑެވެ.
އެގޮތުން 26 އަހަރުން ދަށް ހިމަނައި ކޮންމެ އުމުރުފުރާއަކުން ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ބައިން 1 ވަނައަށް 2000.00ރ 2 ވަނައަށް 1500.00ރ 3 ވަނައަށް 1000.00ރ ގެ ފައިސާގެ އިނާމު އަދި ބަލައިގެން ކިއުމުގެ ގޮފި އަދި ނުބަލާ ކިޔުމުގެ ގޮފިން މި ދެ ގޮފިން ވަކި ވަކިން 1 ވަނަ 2 ވަނަ 3 ވަނަ ހޮވައި، 1 ވަނައަށް -/3000.00ރ، 2 ވަނައަށް -/2000.00ރ، 3 ވަނައަށް -/1500.00ރ، ފައިސާގެ އިނާމު، އަދި މުޅި މުބާރާތުން 26 އަހަރުން ދަށުގެ ބައިން ބަލައިގެން ކިޔެވުމުންނާއި ނުބަލާ ކިޔެވުމުގެ ބައިން 1 ވަނަ ހޮވައި، 10,000.00ރ ފައިސާގެ އިނާމު، އަދި 27 އަހަރުން މަތީގެ ބައިވެރިންގެ ބައިން، ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ބައިން 1 ވަނައަށް 5000.00ރ 2 ވަނައަށް 3000.00ރ 3 ވަނައަށް 2000.00ރ ގެ ފައިސާގެ އިނާމު ދިނުމަށް ހަނިމާދޫ ކައުންސިލުން ވަނީ ނިއްމާފައެވެ.
އަދި މި މުބާރާތުގެ ރަންތަރިންގެ ގޮތުގައި ކިޔަވާ / ނުވަތަ ބައިވެރިވާ އެފަދަ ކޮންމެ ދަރިވަރަކަށް ހިތްވަރުދިނުމުގެ ގޮތުން ބަލައިގެން އަދި ނުބަލާ ކިޔެވުމުގެ ބައިން ބައިވެރިވާ ކޮންމެ ދަރިވަރަކަށް 2000.00ރ ގެ ފައިސާގެ އިނާމުވެސް ދިނުމަށް ހަނިމާދޫ ކައުންސިލުންވާނީ ނިއްމާފައެވެ.
އަދި މި ކޮއްމެ ވަނައަކަށް ހޮވޭ ބައިވެރިއަކަށް މި މުބާރާތަށް ހާއްސަކޮށްގެން ޑިޒައިންކޮށްފައިވާ ޓްރޮފީ އަދި ޗެކް ދިނުމަށްވެސް ހަމަޖެހިފައި ވެއެވެ. މީގެ އިތުރުންވެސް ކިޔަވާ ކޮށްމެ ދަންފަޅިއެއްގައި އިޖްތިމާއީ މަރުކަޒުގެތެރެއިން ކޮފި، ފެން، މެޓާ، ކަޅުސައި، ދެވައްޓަރެއްގެ ނަޓްސް ލިބޭގޮތަށް މޭޒެއްތައްޔާރުކޮށް އެ މޭޒުމަތި ބަލަހައްޓާނެ މީހަކު ހުންނަންވާނެއެވެ. އަދި ޤުރުއާން މުބާރާތް އަޑުއަހަން އަންނަ މީހުންނަށާއި، ކިޔަވާކުދިންނަށް، އިޖުތިމާއީ މަރުކަޒުގައިހުރި ގޮނޑި ޖަހައި، ތަން ސާފުކޮށް ހަމަޖައްސާފައި ހުންނާނެއެވެ. އަދި އިޖުތިމާއީ މަރުކަޒުގެ ފާޚާނާތައް މުބާރާތުގެ މުއްދަތުގައި ސާފުކޮށް ބަލަހައްޓަންވާނީވެސް މުބާރާތް އިންތިޒާމުކުރާ ފަރާތުންނެވެ.
ނިންމާ ރަސްމިއްޔާތުގައި ފެނާ، ފިނި ބުއިމަކާއި ކޭކު ނުވަތަ އެބާވަތުގެ އެއްޗެއް، ހަފްލާގެ އެންމެހާ ބައިވެރިންނަށް (ދަރިވަރުންނާއި ބެލެނިވެރިންނަށް އަދި ޖަލްސާގެ ޝަރަފްވެރިންނަށް) ތައްޔާރުކޮށްފައި ހުންނަންވާނެއެވެ. އެއީ 94 ދަރިވަރުން އާއި ބެލެނިވެރިންނާއި 15 ޝަރަފްވެރިންނާއެކު ޖުމްލަ 203 މީހުންނަށެވެ.
މިމުބާރާތުގެ ޖަޖުންގެ ގޮތުގައި ފަނޑިޔާރުކަން ކޮށްދެއްވަން ޖެހޭނީ ހަނިމާދޫއަށް ނިސްބަތްނުވާ ރަށުންބޭރު އަދި ކަމުގެ ހުނަރާ، އިލްމާ، ފަންނު ހުރި ބޭފުޅުންނެވެ.
މުބާރާތް ބަލަން ބޭނުންވާ އެއްމެހައި ފަރާތްތަކަށް އެފުރުސަތު އޮންނާނެއެވެ. އަދި މުބާރާތް ކުރިއަށްދާވަގުތު ހާޒިރު ނުވެވޭ ނުވަތަ ރަށުންބޭރުގައި ތިއްބަވާ ފަރާތްތަކަށް ހަނިމާދޫ ކައުންސިލުން ލައިވްކޮށް މީޑިއާ ޕްލެޓްފޯމެއް މެދުވެރިކޮށް ފޯކޭ ކޮލެޓިގައި އެ ފުރުސަތުވެސް ފޯރުކޮށްދޭނެއެވެ. އެމަސައްކަތްވެސް ކުރާނީ މި މަސައްކަތްކުރުމަށް ހަނިމާދޫ ކައުންސިލުން ކުރުމަށް ހަވާލުކޮށްފައިވާ ފަރާތުންނެވެ.

