(IUL)258/258/2026/72

ފިނިމައިޒާން ހޮޅުއަށި ފަދަ ތަންތަން ޤާއިމު ކުރުމާއި ގުޅޭ

އަންދުވަހުން ފެށިގެން ރަށުގެ އެކި ސަރަޙައްދުތަކާއި މަގާއި، ގޯޅިތަކާ، އިޖުތިމާއީ ބިންތަކާ ވަކި މީހަކަށް ލިބިގެން ނުވާ ބަންޑާރަ ސަރަޙައްދުތަކަކީ ކައުންސިލްގެ ބެލެނިވެރިކަން ލިބިގެންވާ ތަންތަނާއި ތަކެއްޗެވެ. އެހެންކަމުން މިފަދަ ސަރަޙައްދެއްގައި އެއްވެސް ބިނާއެއް ނުވަތަ ވަސީލަތެއް ވިއަސް ގާއިމް ކުރަންވާނީ އެސަރަޙައްދެއް ނުވަތަ އެތަނެއްގައި ކުރަން ބޭނުންވާ ކަމެއް ކުރުމުގެ ކުރިން މިކައުންސިލުން ލިއުމުން ހުއްދަ ހޯދުމަށްފަހު އެސަރަޙައްދެއްގައި ކުރަން ހުއްދަ ލިބިފައިވާ ކަމެކެވެ. މިނޫން ގޮތަކަށް މިފަދަ ސަރަޙައްދެއްގައި (ވަކިމީހަކަށް މިލްކުވެގެން ނުވާ ސަރަޙައްދު) އިޖުތިމާއީ ކަމެއް ކަމުގައި ވިއަސް ފިނިއަށި، ހޮޅައަށި، އޮޅިއަށި ނުވަތަ ފިނިމައިޒާން، ޕާކް ފަދަ އެންމެންގެ ބޭނުމަށް ނުވަތަ ވަކި ފަރުދެއްގެ ބޭނުމަށް ވިއަސް ހަދަންވާނީ ހަނިމާދޫ ކައުންސިލްގެ ހުއްދަ ލިޔުމުން ހޯދައިގެން ކަމުގައި ދަންނަވަމެވެ. މިނޫން ގޮތަކަށް މިފަދަ ކަމެއް ކުރާނަމަ އެކަމެއް ޤާނޫނީ އިމުގެ ތެރެއިން ހުއްޓުވާ، އެފަރާތަކާއިމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި އަންގާ އިޢުލާން ކުރީމެވެ.

ޕަބްލިޝްކުރި ތާރީޚު : 23 ސެޕްޓެމްބަރ 2026
ހަމަވާ ތާރީޚު :