(IUL)258/258/2026/57

ހިރިމަރަދޫ ރައްޔިތުން އެހެންރަށަކަށް ބަދަލުވުމާއި ގުޅޭ

ހިރިމަރަދޫރައްޔިތުންއެހެންރަށަކަށްބަދަލުވުމާއިގުޅޭ.

      ހއ. ހޯރަފުށީ ކައުންސިލްގެ ނަންބަރު:247-CA/261/2026/1 (28 މާރިޗް 2026) ސިޓީއާއި ހޯރަފުށީ ކައުންސިލްގެ 13/2026 (27 މާރިޗް 2026) ވަނަ އާއްމު ޖަލްސާގެ ނިންމުމުން، ހދ. ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން އެދިލައްވާ ރައްޔިތުންނަށް ރަސްމީކޮށް ދައުވަތު ދީފައިވާތީ، ހިރިމަރަދޫ ރައްޔިތުންގެ ތެރެއިން ހއ. ހޯރަފުއްޓަށް ބަދަލުވާން  އެދިލައްވާ ފަރާތްތަކުން މިއަދުންފެށިގެން 30 ދުވަހުގެ ތެރޭގައި ހަނިމާދޫ އަވަށު އޮފީސް (ކުރީގެ ހިރިމަރަދޫ ކައުންސިލްގެ އިދާރާ) / ހަނިމާދޫ ކައުންސިލް އިދާރާއަށް ދުރުވެ ނުވަތަ މިއިދާރާގެ އީމެއިލްInfo@hanimaadhoo.gov.mv  އަށް ލިޔުމަކުން ނުވަތަ ފޯނު ނަންބަރަށް 4002064 ގުޅާ ނަން ނޯޓު ކުރެއްވުން އެދެމެވެ.

      ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

ޕަބްލިޝްކުރި ތާރީޚު : 24 ޖޫން 2026
ހަމަވާ ތާރީޚު : 06 އޯގަސްޓް 2026